ދިވެހި ތާރީޚުގެ ތެރެއިން ދިވެހި ރައްޔިތުކަން ދެއްވުނު 3 މީހެއް
ލިޔުނީ: އަޙްމަދު ސާލިމް
ދިވެހި ރައްޔިތަކަށް ވުމަކީ ނުވަތަ ދިވެހި ރައްޔިތުކަން ދެއްވުމަކީ ޒަމާނުއްސުރެ އޮން ކަމެކެވެ. މިކަން ބިނާވެފައި އޮންނަނީ ދީނީ، ސަގާފީ އުސޫލުތަކެއްގެ މައްޗަށެވެ.
ލިޔުނީ: އަޙްމަދު ސާލިމް
ދިވެހި ރައްޔިތަކަށް ވުމަކީ ނުވަތަ ދިވެހި ރައްޔިތުކަން ދެއްވުމަކީ ޒަމާނުއްސުރެ އޮން ކަމެކެވެ. މިކަން ބިނާވެފައި އޮންނަނީ ދީނީ، ސަގާފީ އުސޫލުތަކެއްގެ މައްޗަށެވެ.
މި މަޒުމޫނުގައި މިނަންގަނެލަނީ މީގެ 85 ވަރަކަށް އަހަރު ކުރީގައި ދިވެހި ރައްޔިތުކަން ދެއްވުނު 3 މީހެއްގެ ވާހަކަ އެވެ. މިވާހަކަތައް ރެކޯޑު ކުރެވިފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައިވާ ދިވެހިރައްޔިތުކަން ދެއްވޭ މީހުންގެ މަޢުލޫމާތު ލިޔެފައިވާ ފޮތުގައެވެ.
1) މުޙައްމަދު ޢަލީ
އޮޅުދޫކަރައިގެ ގާލީގެ ހިރިމުރޭ ކިޔާ އަވަށުގެ ކާސިލަމަރައްކާރުގެ މުޙައްމަދު ޢަލީ އަކީ ދިވެހި ރައްޔިތުކަން ދެއްވުނު މީހުން ކުރެ މީހެކެވެ. އިސްލާމެކެވެ. މީނާއަށް ދިވެހި ރައްޔިތުކަން ދެއްވުނީ، މީނާ ފުރަމާލޭގައި ހުންނަތާ 40 އަހަރު ވެފައި ވަނިކޮށް،

މީނާ ދިވެހި ރައްޔިތަކަށް ވުމަށް އެދިގެން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ޤަބޫލުކުރުމާއެކު އޭގެ ޙުކުމްތަކަށް ޚިޔާނާތްތެރި ނުވާނޭކަމަށް ދެންނެވުމުން، ދިވެހި ދައުލަތުގެ ފަރާތުން މީނާގެ އެއިޤުރާރު ޤަބޫލުކުރައްވައި ދިވެހި ރައްޔިތުކަން ދެއްވުމުންނެވެ.
މި މުޙައްމަދު ޢަލީ އަށް ދިވެހި ރައްޔިތުކަން ދެއްވުނީ 13 ސެޕްޓެންބަރު 1934 ގައެވެ. ހިޖުރީ ގޮތުން 3 ޖުމާދަލްއާޚިރާ 1353 ގައެވެ. މީގެ 85 އަހަރު ކުރީންނެވެ.
މުޙައްމަދު ޢަލީގެ އިޤުރާރުގައި ބުނެފައި ވަނީ، "އަޅުގަނޑު ދިވެހި ރައްޔިތަކަށް ވުމަށް އެދިގެން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ޤަބޫލުކޮށް، އޭގެ ޙުކުމްތަކަށް ޚިޔާނަތެއް ނުކުރާން ކަމަށް ޤަސްދުކޮށް ދެންނެވީމެވެ".
2) އިސްމާޢީލް މަރައްކާރުގެ ދަރި މިސްކީނު
އޮޅުދޫކަރައިގެ ގާލީގެ ތަލާފެއްޓީ ކިޔާ އަވަށުގެ އިސްމާޢީލް މަރައްކާރުގެ ދަރި މިސްކީނަކީ ވެސް ދިވެހި ރައްޔިތުކަން ދެއްވުނު މީހެކެވެ. އިސްލާމެކެވެ. މީނާއަށް ދިވެހި ރައްޔިތުކަން ދެއްވުނީ، ފުރަމާލޭގައި މީނާ ހުންނަތާ 22 އަހަރު

ހަމަވެފައި ވަނިކޮށް، މީނާ ދިވެހި ރައްޔިތަކަށް ވުމަށް އެދިގެން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ޤަބޫލުކުރުމާއެކު އޭގެ ޙުކުމްތަކަށް ޚިޔާނާތްތެރި ނުވާނޭކަމަށް ދެންނެވުން، ދިވެހި ދައުލަތުން މީނާގެ އެއިޤުރާރު ޤަބޫލުކުރައްވައި ދިވެހި ރައްޔިތުކަން ދެއްވުމުންނެވެ.
މިސްކީނަށް ދިވެހި ރައްޔިތުކަން ދެއްވުނީ 25 ނޮވެންބަރު 1934 ގައެވެ. ހިޖުރައިން 17 ޝަޢުބާން 1353 ގައެވެ. މީގެ 84 އަހަރު ކުރީންނެވެ. މިސްކީނުގެ އިޤުރާރުގައި ވެސް ބުނެފައި ވަނީ،
"އަޅުގަނޑު ދިވެހި ރައްޔިތަކަށް ވުމަށް އެދިގެން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ޤަބޫލުކޮށް، އޭގެ ޙުކުމްތަކަށް ޚިޔާނަތެއް ނުކުރާން ކަމަށް ޤަސްދުކޮށް ދެންނެވީމެވެ".
3) މަލިކު އިބްރާހީމް މަނިކުފާނު
6 ޑިސެންބަރު 1935މ. (10 ރަމަޟާން 1354ހ.) ވަނަ ދުވަހަށް މަލިކު ސިރިއްކަލު ޢަލީ މަނިކުފާނުންގެ އިބްރާހީމް މަނިކުފާނު ފުރަމާލޭގައި ވަޒަންވެރިވެ ހުންނަތާ 7 އަހަރު ފުރިއްޖެއެވެ. މީނާ އަކީ ވެސް މުސްލިމެކެވެ.

މި ދުވަހު މީނާ ދިވެހި ރައްޔިތަކަށް ވުމަށް އެދިގެން ދިވެހި ދައުލަތަށް ދަންނަވައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ޤަބޫލުކޮށް އޭގެ ޙުކުމްތަކަށް ޚިޔާނާތްތެރި ނުވާނޭކަމަށް އިޤުރާރުވުމުން، މިބަސް ދިވެހި ދައުލަތުގެ ފަރާތުން ޤަބޫލުކުރައްވައި،
މިދުވަހު މީނާ ދިވެހިރާއްޖޭގެ ރައްޔިތަކު ކަމުގައި ހެއްދެވިއެވެ.
ނިންމުން
އޮޅުދޫކަރައިގެ ގާލީގެ ހިރިމުރޭ ކިޔާ އަވަށުގެ ކާސިލަމަރައްކާރުގެ މުޙައްމަދު ޢަލީ އަށާއި، އޮޅުދޫކަރައިގެ ގާލީގެ ތަލާފެއްޓީ ކިޔާ އަވަށުގެ އިސްމާޢީލް މަރައްކާރުގެ ދަރި މިސްކީނަށާއި،
ނިންމުން
އޮޅުދޫކަރައިގެ ގާލީގެ ހިރިމުރޭ ކިޔާ އަވަށުގެ ކާސިލަމަރައްކާރުގެ މުޙައްމަދު ޢަލީ އަށާއި، އޮޅުދޫކަރައިގެ ގާލީގެ ތަލާފެއްޓީ ކިޔާ އަވަށުގެ އިސްމާޢީލް މަރައްކާރުގެ ދަރި މިސްކީނަށާއި،
މަލިކު ސިރިއްކަލު ޢަލީ މަނިކުފާނުންގެ އިބްރާހީމް މަނިކުފާނަށް ދިވެހި ރައްޔިތުކަން ދެއްވިފައިވަނީ އެއް ޝަރުތުތަކެއްގެ މައްޗަށެވެ. އެއީ، މުސްލިމަކަށް ވުމާއެކު ގިނަ އަހަރުތަކެއް ވާންދެން ދިވެހިރާއްޖޭގައި ދިރިއުޅެފައި ވުމުންނެވެ.
އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ޤަބޫލުކޮށް، އޭގެ ޙުކުމްތަކަށް ޚިޔާނަތެއް ނުކުރާން ކަމަށް ޤަސްދުކޮށް، ދިވެހި ރައްޔިތަކަށް ވުމަށް އެދި ދެންނެވުމުން، ދިވެހި ދައުލަތުގެ ފަރާތުން އެކަން ބައްލަވައި، ދިވެހި ރައްޔިތުކަން ދެއްވުމުންނެވެ.
ފޮޓޯ: މުޙައްމަދު ޢަލީ ހިރާނީގެ ކައިވެނީގެ ހަފުލާގެ ތެރެއިން
ހަވާލާ:
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައިވާ ދިވެހިރައްޔިތުކަން ދެއްވޭ މީހުންގެ މަޢުލޫމާތު ރެކޯޑުކޮށްފައިވާ ފޮތް
ހަވާލާ:
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައިވާ ދިވެހިރައްޔިތުކަން ދެއްވޭ މީހުންގެ މަޢުލޫމާތު ރެކޯޑުކޮށްފައިވާ ފޮތް
Read on Twitter